ކުޅިވަރު

ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތް ފަށައިފި


ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތް 2019 ފަށައިފިއެވެ.

ހުވަދޫ ރެކްރިއޭޝަންސްއިން އިންތިޒާމުކޮށްގެން ގދ. ތިނަދޫގައި ކޮންމެ ރޯދަމަހާ ދިމާކޮށް ބާއްވާ މި މުބާރާތުގެ ކުޅުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، އަހުމަދު މަހްލޫފެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ތެރެއިން މިރޭ ދެ މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް އަކުއާ ޕެރެޑައިސްއާއި ޗަލް ހަޓް އެވެ. އެ މެޗުން ޗަލްހަޓުގެ މައްޗަށް އަކުއާ ޕެރެޑައިސް އިން ކުރި ހޯދައި 5 ލަނޑު 1 ލަނޑުން، މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމުވެސް ހޯދާފައިވަނީ އަކުއަޕެރެޑައިސްގެ އަހުމަދު ބިލާލެވެ.

މިރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކުރީ އާރުއެފްސީއާއި ޓީމް 401 އެވެ. މި މެޗުގައި ޓީމް 401 ކާމިޔާބުކުރީ 3 ލަނޑު 3 ލަނޑުން. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް 401 ގެ ނަވާޒެވެ.

ތިނަދޫ ކައުންސިލުގެ ފުޓްސަލް ޓޯނަމެންޓް 2019 ގައި 16 ޓީމަކުން ބައިވެރިވާއިރު، މިމުބާރާތުގައި 192 ކުޅުންތެރިން ކުޅޭނެއެވެ. 4 ގްރޫޕަށް ބަހާލައިގެން މުބާރާތުގެ ކުޅުން ފަށާފައިވާއިރު ބައެއް ޓީމުތަކަށް އަތޮޅު ތެރެއިންނާއި މާލެއިންވެސް ކުޅުންތެރިން ގެނެސްފައިވެއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ތިނަދޫ ކައުންސިލުގެ އިދާރާއިން ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.