ވިޔަފާރި

މިދިޔަމަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.09 ބިލިއަން ރުފިޔާ!


މިއަހަރުގެ މޭމަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.09 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން ހުސްވި މަހު ލިބުނު އާމްދަނީގެ އަދަދަކީ ނިމިދިޔަ އަހަރުގެ މޭމަހު ލިބުނު އާމްދަނީގެ އަދަދަށްވުރެ %3.4 އިތުރު އަދަދެކެވެ. ނަމަވެސް މިއީ މިދިޔަމަހު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ %5.5 ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ މޭމަހާ އަޅާ ބަލާއިރު ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޖީ.އެސް.ޓީ، ބީ.ޕީ.ޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި މިއަހަރުގެ މޭމަހު ލިބުނު އާމްދަނީ އިތުރުވުމުންނެވެ. ނަމަވެސް ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް އާމްދަނީ ލިބިފައި ނުވުމުން މޭމަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް އާމްދަނީ ލިބިފައިނުވާ ކަމަށް މީރާއިން ހާމަކުރެއެވެ.

މީރާގެ މާލީ ހިސާބުތައް ދައްކާގޮތުން ހުސްވި މަހު ދައުލަތަށް އެންމެ ބޮޑު އާއްދަނީއެއް ލިބިފައިވަނީ މުދަލާއި ޙިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީންނެވެ. އެއީ 666 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީ.ޕީ.ޓީގެ ގޮތުގައެވެ. އެއީ 95 މިލިއަން ރުފިޔާއެެވެ.

ފެބްރުއަރީމަހު މީރާއިން ބަލައިގަނެފައިވާ ޢާމްދަނީގެ ތެރޭގައި 43 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.