ޚަބަރު

އޭސީސީގެ ރައީސް ލުތުފީ އިސްތިއުފާދެއްވައިފި


އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އެ މަޤާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ ކޮމެޓީން ނިންމުމުން މަޤާމުން އިސްތިއުފާދެއްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނާއި އިބްރާހިމް ހޫދު ވިދާޅުވީ މަޤާމުން އިސްތިއުފާދެއްވާ މިއަދު ލުތުފީ ހުށައަޅައިފިއެވެ.

ލުތުފީ މަޤާމުން އިސްތިއުފާދެއްވާފައި މިވަނީ އެނާ މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ. އެކަމުގައި ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

ލުތުފީ ކޮމިޝަންގެ މަސައްކަތެއް ނުނިކުންނަވާތާ 3 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެހެންނަމަވެސް ކޮންމެ މަހެއްގެވެސް މުސާރަ ބަރާބަރަށް ނަންގަވަމުން ގެންދަވައެވެ.

ލުތުފީ މަޤާމުން އިސްތިއުފާދެއްވަން ހުށައަޅޫއްވާފައިވާއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަަނީ ލޯންޑަރިން ގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ.