އަޔެކްސްގެ ޒުވާން ތަރި ޑިލައިޓް ޔުވެންޓަސްއަށް ބަދަލުވާން އެއްބަސްވެފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
އިޓަލީގެ މީޑިއާތަކުން ބުނާގޮތުގައި ޑި ލައިޓްވަނީ ޔުވެންޓާސް އާއި ގުޅެން މިހާރު އެއްބަސްވެފަ އެވެ. އަދި އޭނާ ޔުވެންޓާސް އާއި ގުޅެނީ ހަފްތާއެއްގެ މައްޗަށް ދެލައްކަ ތިރީސްހާސް ފައުންޑުގެ އަގަކަށް ކަމަށްވެސް ރެޕޯޓްތަށް ބުނެއެވެ.
ޑިލައިޓް ޔުވެންޓަސް އާއި ގުޅިފައި މިވަނީ ޔޫރަޕްގެ ބޮޑެތި ކުލަބު ތަތަކުން އޭނާ ހޯދުމަށް ޝާއުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އާއި، ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ އިތުރުން، އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑް އަދި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލްއިންވެސް ވަނީ އޭނާއަށް ޝާއުގުވެރިކަން ފާޅުކޮށްފަ އެވެ.
މީގެ ކުރިން ޑިލައިޓް ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައި އޮތީ އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށެވެ. ޑިލައިޓް ހޯދުމަށް ޔޫރަޕްގެ ކުލަބުތަކުން ޝައުގުވެރިކަން ފާޅުކުރަން ފެށީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގައި އޭނާގެ ދެއްކި މޮޅު ކުޅުމާއިއެކު އެވެ.
ޔުވެންޓަސްއިން މިފަހަރުގެ ސީޒަނަށް ނިކުންނަނާއި، ޗެލްސީއަށް އެންމެ ފަހުން އިރުޝާދުދިން ކޯޗް މައުރީސިއޯ ސަރީގެ އިރުޝާދުގެ ދަށުން ނެވެ.