އައްޑޫ ސިޓީގައި އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ 'ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އަންނަ މަހުގެ އެކަކުން ތިނަކަށް ބާއްވާ މި އެކްސްޕޯ އަކީ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒްކޮށްގެންވާ ބާއްވާ އެކްސްޕޯއެކެވެ.
މި އެކްސްޕޯގެ މައިގަނޑު އެއް މަޤްޞަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ފަހި ފުރުޞަތުތަކެއް ހޯދައިދިނުމެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އާއި އެކްސްޕޯ އިންތިޒާމްކުރާ ފަރާތްކަމުގައިވާ ޓައިޓެން މޯލްޑިވްސް އާއި އެކު ހެދިފައިވާ ޕާޓްނަރޝިޕެއްގެ ދަށުން ބާއްވާ މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 2000 ރުފިޔާ ދައްކަންޖެހެއެވެ.
މިއެކްސްޕޯގައި އުފެއްދުންތައް ޑިސްޕްލޭ ކުރުމަށާއި، މާކެޓްކުރުމަށާއި އަދި ވިއްކުމަށް ތައްޔާރުކުރެވިފައިވާ ބޫތެއް ލިބޭނެއެވެ.
އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ފޯމު ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އޮފީހުންނާއި ބިޒްނަސް ސެންޓަރުތަކުން ލިބެން ހުންނާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.