ފޯސީޒަންސް މޯލްޑިވްސް ސާރފިން ޗެމްޕިއަންސް ޓްރޮފީ މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ޖޯޝް ކާރ އާއި ސާފިންގ ލެޖެންޑް ޖޯލް ޕާކިންސަން ދަތުރުކޮށްފިއެވެ.
ޖޯޝް ކަރ އާއި ޖޯލް ޕާކިންސަން ވަނީ މުބާރާތުގެ ފުރަތަމަ ހީޓުގައިވެސް ވާދަކޮށްފައެވެ. ފުރަތަމަ ހީޓުން އެއްވަނަ ހޯދައިގެން ޖޯލް ޕާކިންސަން ސެމީއަށް ދަތުރުކުރިއިރު، ޖޯޝް ކަރ ސެމީއިން ޖާގަހޯދީ ފުރަތަމަ ހީޓުން ދެވަނަ ހޯދައިގެންނެވެ. މިހީޓުން ތިންވަނައަށްގޮސް މުބާރާތުން ކަޓައިގެން ދިޔައީ ވޯލްޑް ސަރފިންގ ލީގުގެ ބިގްވޭވް ޗެމްޕިއަން ކައި ލެނީއެވެ.
ދެވަނަ ހީޓުން އެއްވަނައިގެ ގޮތުގައި ސެމީއަށް ފަތުރުކުރީ މެޓް ވިލްކިންސަންއެވެ. ދެވަނަ ހޯދައިގެން ރާއްޖޭގެ ޗެމްޕިއަން މުޙައްމަދު ފަޔާޒް ޕެލޭ ސެމީއަށް ދަތުރުކުރިއިރު ތިންވަނައަށްގޮސް މުބާރާތުން ކެޓީ ވިގޮލީ ޑަންޓޭސްއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޖޯޝް ކަރ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގައި މެޓް ވިލްކިންސަންގެ މައްޗަށް ކުރިހޯދައި ސިންގަލް ފިންގެ އެއްވަނަ ހޯދައިގެންނެވެ. ސާރފިން ލެޖެންޑް ޖޯލް ޕާކިންސަން ފައިނަލުން ޖާގަހޯދީ ސެމީފައި ރާއްޖޭގެ މޮޙައްމަދު ފަޔާޒް (ޕެލޭ) ގެ މައްޗަށް ކުރިހޯދައިގެންނެވެ.