ކުޅިވަރު

މެންޗެސްޓާ ސިޓީއަށް މެސީ ގެންނަން ކުރި މަސައްކަތް ކާމިޔާބުއެއް ނުވި


ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗުކަމާ ހަވާލުވުމުން ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ ގެންނަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް މެންޗެސްޓާ ސިޓީން ބުނެފިއެވެ.

އެކުލަބުގެ ވެރިޔާ އަދި އަރަބި މަހުޖަބު އަހްދޫން އަލް މުބާރިކް ބުނީ ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި މެސީއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން މެސީ ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް. މި ގޮތުން ބާސެލޯނާ އިން މެސީއަށް ދޭ މުސާރައިގެ ތިން ގުނަ ދޭނެކަމަށް ބުނުމުންވެސް މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންނުވީ ކަމަށެވެ.

މެސީ އަށް ބާސެލޯނާއިން އަހަރަކު 50 މިލިއަން ޔޫރޯ މުސާރަ އަށް ލިބެއެވެ. އުމުރުން 32 އަހަރުގެ ފޯވަޑް މިހާތަނަށް ޕްރޮފެޝަނަލް ލެވެލްގައި ކުޅުނީ ހަމައެކަނި ބާސެލޯނާ އަށެވެ. ބޮޑު އަގުގައި މެސީ ނުގަތަސް ސިޓީންވަނީ ގާޑިއޯލާ އެކުލަބާއި ހަވާލްވިފަހުން ބޮޑު އަގުގައި އެތައް ކުޅުންތެރިންނެއް ގަނެފައެވެ. މިދިޔަ ދެ ސީޒަންގައިވެސް ޕްރިމިއަރ ލީގުގެ ޗެމްޕިއަން ޓީމަކީ މެންޗެސްޓަރ ސިޓީއެވެ.