ކުޅިވަރު

އަންހެން ކްރިކެޓް މުބާރާތުގައި މާލެއާއި ވިލިމާލެއިން ވާދަކުރާ ޓިމުތަކާއި އަފްލާހް ބައްދަލުކުރައްވައިފި


ފުވައްމުލައް ސިޓީގައި ބާއްވާ އަންހެން ކްރިކެޓް މުބާރާތަށް މާލެއިން ފުރާ ޓީމުތަކާއި ކްރިކްޓް ބޯރޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަފްލާޙް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ކްރިކެޓް ބޯޑުގެ ބައެއް އިސްވެރިންވެސް ބައިވެރިވެ ކުޅުންތެރިންނާއި ބައްދަލުކުރެއްވިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް އިންޑޯ ހޯލުގައި ބޭއްވި ބައްދަލުވުމުގައި މުބާރާތަށް މާލެއިން ފުރާ 2 ޓީމާއި ކުޅުންތެރިންގެ ބެލެނިވެރިންވަނީ ބައިވެރިވެފައެވެ. އަދި މި ބައްދަލުވުމުގައި ކްރިކެޓް ބޯޑުންވަނީ ފުވައްމުލައް ސިޓީގައި ހަމަޖެހިފައިވާ އިންތިޒާމުތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކޮށްފައެވެ. އެގޮތުން ދަތުރުފަތުރުގެ ކަންތައްތަކާއި ފުވައްމުލައް ސިޓީގައި ހަމަޖެހިފައިވާ އެކޮމޮޑޭޝަންގެ މައުލޫމާތު ހިއްސާކުރިއެވެ.

މީގެ އިތުރުން، މިފަދަ ބޮޑު މުބާރާތެއްގައި މުޅިން އަލަށް ވާދަކުރާ ކުޅުންތެރިން ތިބުމުން ކުޅުންތެރިންގެ ޢަމަލުތައް ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ބަހައްޓަންވީގޮތް ކުޅުންތެރިނާއި ބެލެނިވެރިންނަށް ވަނީ އޮޅުންފިލުވައިދީފައެވެ.

ފުވައްމުލަކުގައި އޮންނަ އަންހެން ކްރިކެޓް މުބާރާތަށް މާލެއިން 65 މީހުންގެ ކޮންޓިންޖެއްޓެއް އެ ސިޓިއަށްދާނެއެވެ. މި މުބާރާތުގައި ވާދަކުރާނީ ފުވައްމުލަށް ސިޓީގެ ޓީމަކާއި މާލެއިން ޓިމަކާއި ވިލިމާލެއަށް ނިސްބަތްވާ ޓީމެއްގެ އިތުރުން ލ.ކުނަހަންދޫގެ ޓީމެކެވެ.