ޚަބަރު

ޤައުމީ ދިފާޢީ ބާރުން ހަތިޔާރާއެކު މާލޭގައި އޮޕަރޭޝަނެއް ފަށައިފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހަތިޔާރާއެކު މާލޭގައި އޮޕަރޭޝަނެއް ފަށައިފިއެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ހަތިޔާރާއެކު މިރޭ މާލޭގައި އޮޕަރޭޝަނެއް ކުރިއަށްގެންދާކަން ހާމަކުރައްވަފައިވީ ނަމަވެސް މިކަމުގެ އިތުރު ތަފްސީލް އެމް.އެން.އެފުން އަދި ހާމަކުރައްވާފައެއްނުވެއެވެ.

ސިފައިންގެ ހަތިޔާރާއެކު އޮޕަރޭޝަނެއްގައި މާލޭގައި ހަރަކާތްތެރިވާން ފަށާފައިވާއިރު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ތަންތަނާއި މީހުން ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ވެސް މިއަދުވަނީ ފައްޓަވާފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް ތަންތަނާއި މީހުން ބަލާފާސްކުރަނީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސަރވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ފުލުހުން ބައިވެރިވެގެންނެވެ.

މި އޮޕަރޭޝަންގައި މާލެއާއި އައްޑޫ ސިޓީ ހިމެނޭހެން މިހާތަނަށް 5 ތަނެއް ބަލާ ފާސްކޮށްފައިވީނަމަވެސް އެއްވެސް މިހާކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.