ޚަބަރު

ކުޅިވަރު ކޯޓުތަކުގެ ބީއޯކިއުއާއި ކުރެހުންތައް ތައްޔާރުކުރުމަށް ނޮވިއާ އިންޖިރިއާ ހަވާލުކޮށްފި


މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ތަރައްޤީކުރާ ކުޅިވަރު ކޯޓުތަކުގެ ބީއޯކިއުއާއި ކޯޓުތަކުގެ ތަފްޞީލީ ކުރެހުންތައް ތައްޔާރުކުރުމަށް ނޮވިއާ އިންޖިރިއަނިންއާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަހުލޫފާއި ނޮވިއާ އިންޖިރިއަނިންގެ މެނޭޖިން ޑިރެކްޓަރެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިނިސްޓްރީން ތަރައްޤީކުރާ އިންޑޯ އަދި އައުޓްޑޯ ވޮލީބޯޅަ ކޯޓުތަކާއި ބެޑުމިންޓަން ކޯޓުތަކާއި ނެޓުބޯޅަ ކޯޓުތަކުގެ ބީއޯކިއު އަދި ތަފްޞީލީ ކުރެހުންތައް 4 މަސްދުވަހުގެ ތެރޭގައި ތައްޔާރުކުރަން ޖެހޭނެއެވެ.

އިއްޔެ ޔޫތު މިނިސްޓްރީންވަނީ 7 ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބް-ބޭސް މަސައްކަތްތައް ކުރުމަށް އެމްޓިސީސީއާ ހަވާލުކޮށްފައެވެ.