ވިޔަފާރި

މާލީ ކަންކަމާ ގުޅޭގޮތުން އެމްއެމްއޭއިން ދެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސްތަކެއް ހިފަހައްޓައިފި


އެމްއެމްއޭއިން ދެ ފަރާތަކަށް ދޫކޮށްފައިވާ ރެމިޓަންސް ވިޔަފާރީގެ ލައިސަންސްއާއި މަނީ ޗޭންޖަރ ލައިންސަންސް ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.

އެމްއެމްއޭއިން ބުނީ ވަގުތީގޮތުން ލައިސަންސްތައް ހިފަހައްޓާފައިވަނީ ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑްއާއި ބަނޑަހަ ކެފޭއަށް ދީފައިވާ ލައިސަންސްތައްކަމަށެވެ. އެގޮތުން ހިފަހައްޓާފައިވަނީ ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ރެމިޓަންސް ވިޔަފާރި ލައިސަންސްއާއި ބަނޑަހަ ކެފޭއަށް މަނީޗޭންޖަރ ލައިސަންސްކަމަށް އެމްއެމްއޭއިން ބުނެއެވެ.

ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑްއާއި ބަނޑަހަ ކެފޭއަށް ދީފައިވާ ލައިސަންސްތައް ހިފަހައްޓާފައިވާއިރު، އެކަމުގެ ސަބަބެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.