ޚަބަރު

އުއްތަމަ ފަނޑިޔާރު، ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ވަޑައިގެންފި


އުއްތަމަ ފަނޑިޔާރު، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ވަޑައިގެންފިއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު، މިއަދު ހެނދުނު މިސްރަށް ފުރާވަޑައިގެންނެވީ، މިސްރުގެ ސުޕްރީމް ކޮންސިޓިއުޝަނަލް ކޯޓުގެ ރަންޔޫބިލް މުނާސަބަތުގައި ބައިވެރިވެވަޑައިގަތުމަށް ސުޕްރީމް ކޮންސިޓިއުޝަނަލް ކޯޓުގެ ދަޢުވަތަކަށްކަމަށެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.