ޚަބަރު

ގުޅިފަޅުން ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށަން ނިންމައިފި


މާލޭ ކޮމާޝަލް ޕޯޓް ބަދަލުކުރުމަށް ގުޅިފަޅުން ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިޔާދު ވިދާޅުވީ އެ ބަދަނރުގެ މަސައްކަތަށް ބޭނުންވާ އިންޖިނިއަރިން ކުރެހުންތަކުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭ ނިންމާ ބަނދަރުގެ މަސައްކަތް މެއި މަހުގެ ތެރޭ ބަޔަކާ ހަވާލު ކުރާނެކަމަށެވެ.

ބިޑަކާނުލާ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރި މައްސަލަ ބޮޑުވެފައިވަނިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ތިން މަސް ތެރޭ ނިންމާލެވޭނެކަމަށް ބޮސްކާލިސް އިން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބާކީ އޮތް މުއްދަތަކީ ރިވެޓްމަންޓްގެ މަސައްކަތް ކުރުމަށް ހޭދަވާ މުއްދަތުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅީ ފަޅު ހިއްކުމަށް ބޮސްކާލިސް އަށް ހަވާލުކޮސްފައިވަނީ ބިޑް ކުރުމަކީ ނުލައިބިޑުކުރުމުގެ ދައުވަތަކާނުލާ އަންސޮލިސިޓެޑް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލެއް މި ސަރުކާރުން އާންމުކޮށްފައިވާ ކަމަށާއި އެ އުސޫލުގެ ދަށުން މިހާތަނަށް ޕްރޮޕޯޒަލް ހުށަހެޅީ ބޮސްކާލިސްއިން އެކަނިކަމަށް ސަރުކާރުން ވިދާޅުވޭ.
މާލޭ ކޮމާޝަލް ޕޯޓް ބަދަލުކުރުމަށކުރަންޖެހޭ ފަންނީ ދިރާސާތައް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށް. ގުޅީފަޅުގައި ޕޯޓު އެޅުމުގެ ކޮންސަލްޓެންސީ މަސައްކަތް އެވޯޑުކޮށްފައިވަނީ މިދިޔަ އޮގަސްޓުމަހުގެ 28 ވަނަ ދުވަހު. އެކުންފުނިން މިހާރު ވަނީ ދިރާސާގެ މަސައްކަތް ފަށާފައި.