ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަޞީމް ހއ އާއި ހދ ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ ކުޅުދުށްފުއްޓާއި ހއ ދިއްދޫގެ އިތުރުން އެ އަތޮޅު މޮޅަދޫއަށެވެ.
ނާއިބު ރައީސްގެ މި ދަތުރުފުޅުގައި މޮޅަދޫއަށް ވަޑައިގެން އެ ރަަށު ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އެރަށުގައި ޤާއިމުކުރާ ފުޓުސަލް ދަނޑާއި ކުޑަކުދިންގެ ޕާކުގެ ބިންގާ އަޅުއްވާދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ނާއިބު ރައީސް ބައްދަލުކުރައްވާނެއެވެ. އަދި އެރަށުގައި އޮންނަ ތިލައުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީވެސް އެމަނިކުފާނެއެވެ. އަދި ދިއްދޫގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލުކުުރެއްވުމުގެ އިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލުން ކުރިޔަށް ގެންދާ ހިތާނީ ކޭމްޕް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނާއިބު ރައީސް ފައިޞަލް ނަޞީމް މާލެ ވަޑައިގަންނަވާނީ މާދަމާ ހަވީރުއެވެ.