ޚަބަރު

އިންޑިއާ އަތުން ބަލިވިނަމަވެސް ހޭންޑު ބޯޅައިގެ ސެމީއަށް ދެވިދާނެ: އެސިސްޓެންޓް ކޯޗް ފަހީމް


އިންޑިއާ އަތުން ބަލިވިނަމަވެސް ޕާކިސްތާން މެޗު ކާމިޔާބުކޮށް ސެމީފައިނަލަށް ދެވިދާނެކަމަށް އަންހެނުގެ ޤައުމީ ހޭންޑް ބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗް ޙަސަން ފަހީމް ބުނެފިއެވެ.

އަންހެނުންގެ ޤައުމީ ހޭންޑް ބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާއާ ވާދަކޮށް ބަލިވީ 41 ލަނޑު 9 ލަނޑުންނެވެ. މެޗްގެ ފުރަތަމަ ހާފުގައި އިންޑިއާއިން 22 ލަނޑު ޖެހިއެވެ. ފުރަތަމަ ހާފުގައި ދިވެހި ޓީމަށް އެއްވެސް ލަނޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ. ދިވެހި ޓީމުގެ 9 ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ.

މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން އަންހެނުންގެ ޤައުމީ ކްރިކެޓް ޓީމުގެ އެސިސްޓެންޓް ކޯޗް ޙަސަން ފަހީމް ބުނީ މިސަރައްހަދުގެ ވަރުގަދަ ބާރު އިންޑިއާއާ ދެކޮޅަށް 9 ލަނޑު ޖެހުމަކީވެސް ލިބުނު ކުރިއެރުމެއްކަމަށާއި މެޗުގެ ފުރަތަމަ ހާފުގައި އިންޑިޔާގެ އަވަސް ކުޅުންތެރިން ހިފެހެއްޓުމުގައި ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ހުރަސްތަކެއް ކުރިމަތިވިކަމަށެވެ. ޙަސަން ފަހީމް ބުނީ މެޗްގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކުޅުންތެެރިންނަށް ޑިފެންސަށް ނުވިސްނާ ކުޅެވުނީކަމަށާއި އިންޑިޔާފަދަ ވަރުގަދަ ޓީމުއެއް ކައިރީގައި މާބޮޑަށް ކުރިއަރައިގެން ކުޅެވުނީކަމެވެ.

"ކުޅުންތެރިން މާބޮޑަށް ހާސްވީކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އިންޑިޔާއަކީ ވަރުގަދަ ޓީމެއެއް. މެޗްގެ ނަތީޖާއާ މެދު އެހާ ހިތްހަމައެއް ނުޖެހޭ، ނަމަވެސް މެޗްގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ހިންހަމަޖެހޭ. ކުޅުންތެރިން ވަރަށް ހިތްވަރުކުރި. ވަރަށް މަސައްކަތް ކުރި އިންޑިއާގެ ކުޅުންތެރިން ހުއްޓުވަންވެސް، ނަމަވެސް އިންޑިއާގެ ކުޅުންތެރިން ފިޒިކަލީވެސް އަދި ހުނަރުގެ ގޮތުންވެސް މާ ވަރުގަދައީ." އެސިސްޓަންޓް ކޯޗް ފަހީމް ބުންޏެވެ.

ގައުމީ އަންހެން ހޭންޑް ބޯލް ޓީމްގެ އެސިސްޓަންޓް ކޯޗް ހަސަން ފަހީމް ބުނީ އިންޑިޔާ މެޗުން ކޮންމެ ނަތީޖާ ނިކުތްނަމަވެސް ޕާކިސްތާން މެޗުން މޮޅުވެގެން ސެމީ ފައިނަލްއަށް ދިއުމަކީ ގައުމީ ހޭންޑް ބޯލް ޓީމްގެ ޓާގެޓްއެއްކަމަށެވެ. އަދި އިންޑިޔާ ފަދަ ވަރުގަދަ ޓީމްއަކާއި ދެކޮޅަށް އެންމެ ފުރަތަމަ މެޗުގައި ވާދަކުރުމަށްފަހު ޕާކިސްތާންއާއި ދެކޮޅަށް ކުޅެން ޖެހުމަކީވެސް ރާއްޖޭގެ ޓީމްއަށް ލިބުނު ރަގަނޅު ފުރުސަތެއްކަމަށްވެސް ގައުމީ އަންހެން ހޭންޑް ބޯލް ޓީމްގެ އެސިސްޓަންޓް ކޯޗް ހަސަން ފަހީމް ބުންޏެވެ.