އަންހެނުންގެ ޤައުމީ ހޭންޑް ބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ. ރާއްޖެ ހިމެނޭ ގުރޫޕްގައި ހިމެނެނީ މިސަރަހައްދުގެ ވަރުގަދަ ބާރު އިންޑިއާއާއި ޕާކިސްތާންއެވެ. ރާއްޖެވަނީ ގުރޫޕްގެ ފުރަތަމަ މެޗްގައި އިއްޔެ އިންޑިއާ އާ ވާދަކޮށް ބަލިވެފައެވެ. މިގުރޫޕްގެ ފަހު މެޗްގައި މިއަދު ޕާކިސްތާނާއި ވާދަކޮށް ދިވެހި ޓީމު ބަލިވީ 32 ލަނޑު 27 ލަނޑުންނެވެ.
މިމެޗުން މޮޅުވެގެން އަންހެނުންގެ ޤައުމީ ހޭންޑް ބޯޅަ ޓީމަށް ސެމީއަށް ދިއުމުގެ ފުރުސަތު އޮތެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޕާކިސްތާނު ޓީމްގެ ފާރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައެވެ.
މެޗްގެ ފުރަތަމަ ހާފްގައި ޕާކިސްތާނުންވަނީ 16 ލަނޑު ޖަހާފައެވެ. އަދި ފުރަތަމަ ހާފުގައި ރާއްޖެއަށް ޖެހުނީ 12 ލަނޑެވެ. މެޗްގައި ރާއްޖެއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ ޕާކިސްތާނުގެ ޑިފެންޑަރުންނެވެ. 4 ލަނޑުގެ ތަފާތުން ދިވެހިރާއްޖެ ފުރަތަމަ ހާފުގައި ބަލިވިނަމަވެސް ދެވަނަ ހާފުގައި ރާއްޖޭންވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަމަވެސް ޕާކިސްތާންގެ ހަށިގަނޑުން ވަރުގަދަ ކުޅުންތެރިންވަނީ ރާއްޖޭގެ ގިނަ ކުޅުންތެރިން ހިފަހައްޓާފައެވެ. މެޗްގެ ދެވަނަ ހާފުގައި ދިވެހި ޓީމުން ވަނީ ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ކުޅެފައެވެ.
މިބައްޔާއެކު ރާއްޖޭގެ އަންހެނުންގެ ހޭންޑް ބޯޅަ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ.