ޚަބަރު

މާލެއަށް ބޯކޮށް ވާރެވެހި، ފެންބޮޑުވެއްޖެ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި، ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފެން ހިއްކުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 7:30 އިން ހެނދުނު 11:00 އަށް ކ އަތޮޅާއި ދ އަތޮޅާދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ކައިރީ އުފެދިފައިވާ ލޯ ޕްރެޝަރ ޓްރޮފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ. ކުރިއަށްއޮތް ދެ ތިން ދުވަހުވެސް ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.