ޚަބަރު

ޓެސްޓުތަކެއް ހެދުމަށް ރައީސް މައުމޫން އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި


މެޑިކަލް ޓެސްޓްތަކެއް ހެދުމައްޓަކައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ރައީސް މައުމޫނު އެޑްމިޓްކޮށްފައިވަނީ ވައިރަލް ރޯގާއެއް ޖެހިވަޑައިގެން ގިނަދުވަސްތަކެއްވެފައިވާތީ އެކަމާގުޅޭ ޓެސްޓްތަކެއް ހެދުމައްށްކަމަށް ޕީ.އެސް.އެމް ނިއުސްއަށްވަނީ ކަށަވަރުވެފައެވެ.

1978 ވަނަ އަހަރުން ފެށިގެން 30 އަހަރުވަންދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ރައީސް މައުމޫނަކީ އެތައްބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ސިޔާސީ ޝަޚްސިއްޔަތެކެވެެ.

އުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫން މިހާރުވެސް ގެންދަވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނައުމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި އެޕާޓީގެ ރައީސްގެ މަޤާމު ފުރުއްވަމުންނެވެ.