ޚަބަރު

ރާއީސް ޞާލިޙް، ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނުރަސްމީ ދަތުރުފުޅެއްގައި، މާދަމާ ސްރީލަންކާއަށް ވަޑައިގަންވާނެކަން ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާޙިމް ހޫދު ވިދާޅުވީ އެމަނިކުފާނުގެ މިދަތުރުފުގައި 4 ދުވަހު ސްރީލަންކާގައި ހޭދަކުރައްވާނެކަމަށާއި، އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރުދުވަހުގައި ކަމަށެވެ.

މީލާދީ އައު އަހަރު ފެށުމުގެ ބަންދާ ދިމާކޮށް ނުރަސްމީ ދަތުރުފުޅެއްގައި ރައިސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ފުރާވަޑައިގަންވަން ހަމަޖެހިފައިވާއިރު، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ ސްރީލަންކާގައެވެ.

މިއާއެކު ރައީސްކަމަށް އިންތިޚާބުވީ ހިސާބުންފެށިގެން އެކި ފަހަރުމަތިން އެމަނިކުފާނުވަނީ ނުރަސްމީ ދަތުރުފުޅުތަކެއް އަވައްޓެރި ސްރީލަންކާއަށް ކުރައްވާފައެވެ.
ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން ވަނީ ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ. ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދަޢުވަތަކަށް މިއަހަރުގެ ފެބްރުއަރީ މަހު ކުރެއްވި އެ ދަތުރުފުޅަކީ އެޤައުމުގެ 71 ވަނަ މިނިވަން ދުވަހުސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.