ޚަބަރު

ވެސްޓް ޕާކް މަސްބާނާ ޖެޓީން ބައެއް ވެއްޓި 2 މީހަކަށް އަނިޔާވުމުން އެތަން ބަންދުކޮށްފި


ވެސްޓްޕާކް ސަރަހައްދުގެ މަސްބާނާ ޖެޓީން ބައެއް ވެއްޓި ޖެޓީ މަތީގައި އެވަގުތު ތިބި 2 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހަވީރު ހިނގި މިހާދިސާގައި ޖެޓީން ވެއްޓުނު ދެމީހުންގެ ހާލުވެސް ސީރިއަސް ނޫންކަމަށެވެ. މިހާދިސާއާއި ގުޅިގެން އެސަރަހައްދަށްދާ މީހުންގެ ސަލާމަތައްޓަކައި މަސްބާނާ ޖެޓީ ބަންދުކޮށްފައިވާކަން ފުލުހުންވަނީ ހާމަކުރައްވާފައެވެ.

މާލޭ ހުޅަނގުފަރާތުގައި ހުރި ވެސްޓްޕާކް ރެސްޓޯރަންޓް ބަންދުކުރިފަހުން އެސަރަހައްދުގައި ގާޑިއާތައް ހިންގިނަމަވެސް މިހާރު އެސަރަހައްދު އެއްވެސް ކަމަކަށް ބޭނުންނުކުރެއެވެ. އަދި އެސަރަހައްދުގައި ހަދާފައިވާ މަސްބާނާ ޖެޓީއަކީ މީގެ އަހަރުތަކެއްކުރިން ހަދާފައިވާ ގިނަދުވަސްވީ ޖެޓީއެއްނަމަވެސް އެޖެޓީ މަތީގައި މަސްބޭނުމަށް ރޭގަނޑު ވަގުތުތަކުގައާ، އެނޫންވެސް ގަޑިތަކުގައި ބައެއް މީހުން ހަރަކާތްތެރިވެއެވެ.