ކުޅިވަރު

ވިމްބަލްޑަން ފައިނަލަށް ސެރީނާ ވިލިއަމްސް ދަތުރު ކޮށްފި


ރަޝިޔާގެ މާރިއާ ޝަރަޕޯވާ ބަލިކޮށް އަށްވަނަ
ފަހަރަށް ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލަށް ސެރީނާ ވިލިއަމްސް
ދަތުރުކޮށްފި. ސެރީނާ މެޗް ކާމިޔާބުކުރީ ހަޔެއް ދޭއް އަދި ހަޔެއް ހަތަރަކުން
ސެޓްތަށް ކާމިޔާބުކޮށްގެންނެވެ.



މީ ޝަރަޕޯވާގެ މައްޗަށް ސެރީނާ ކާމިޔާބުހޯދި
ސަތާރަވަނަ ފަހަރެވެ.



ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ
ސެރީނާޔަށް ފައިނަލުގައި ވާދަކުރަންޖެހޭނީ ވިހިވަނަޔަށް ސީޑްކުރެވިފައިވާ
ސްޕެއިންގެ ގެބްރީން މުގުރުޒާޔާއެވެ.