ކުޅިވަރު

ވީއޭއެމްގެ މައްސަލަ ހައްލުކުރުމަށް އެފްއައިވީބީންވެސް ކޮމިޓީއެއް އެކުލަވާލައިފި


ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ވޮލީގެ މައިއިދާރާއިން ކޮމެޓީއެއް އެކުލަވާލައިފިއެވެ.

އެފްއައިވީބީ އާއި އޭޝިއަން ވޮލީ ބޯލް ކޮންފަޑަރޭޝަން (އޭވީސީ)އިން ކޮމެޓީއެއް އެކުލަވާލާފައިވަނީ އެސޯސިއޭޝަންގެ ހިންގާނެ ފަރާތަކާއި މެދު ސުވާލު އުފެދުމުންނެވެ.

ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިފްގައި މައްސަލަތަކެއް ތަހުގީގު ކުރުމަށްފަހު، ސްޕޯޓްސް ކޮމިޝަނަރ ހިނާ އަހުމަދު ސަލީމްވަނީ މިދިޔަ އަހަރުގެ ޖޫން 10ވަނަ ދުވަހު ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމެޓީއަކާއި ހަވާލްކޮށްފައެވެ. އެކޮމެޓީއިންވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އެކޮމެޓީއިންވަނީ އިންތިހާބްއެއް ބޭއްވުމަށް ތާވަލްކޮށް، ފަހުން ކެންސަލްކޮށްފައެވެ. ނަމަވެސް ފަހުން ވީއޭއެވްގެ ކުލަބްތަށް އިސްނަގައިގެންވެސް އެކްސްޓްރާ އޯޑަނަރީ ކޮންގެރެސްއެއްވަނީ ބާއްވާފައެވެ. އަދި އެކޮންގެރެސްގައިވެސްވަނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ނަގާފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްސަލަ ހައްލުކުރުމަށް އެފްއައިވީބީއިންވަނީ 4 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކުލަވާލާފައެވެ. އެއީ އެފްއައިވިބީއިން މެންބަރެއް، އޭވީސީއިން މެންބަރެއް، އެމްއޯސީއިން މެންބަރެއް އަދި ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ފަރާތުން އެއް މެންބަރެވެ. އެފްއައިވީބީއިން މިކޮމެޓީ އެކުލަވާލުމަށް ލިއުން ފޮނުވާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 17ވަނަ ދުވަހެވެ. ނަމަވެސް މިކޮމެޓީގެ މަސައްކަތްތަށް ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިޕާ ގުޅުންހުރި މައްސަލަތަކެއް ތަހުގީގުކުރުމަށް ފަހު ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ވަނީ މިދިޔަ ޖޫން މަހު 10 ވަނަ ދުވަހު ވީއޭއެމް ހިންގުން ނޯމަލައިިޒިން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. އެ ކޮމިޓީން މިދިޔަ އަހަރު އިންތިހާބެއް ބާއްވަން ތާވަލުކުރި ނަމަވެސް ފަހު ވަގުތު ކެންސަލްކުރީ ހައްލުކުރަން ޖެހޭ މައްސަލަތަކެއް ސްޕޯޓްސް ކޮމިޝަނަރަށް ފާހަގަވުމުންނެވެ.

ދުނިޔޭގެ ފެޑެރޭޝަނުން ވެސް ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީ ބަލައިނުގަތްއިރު، އެ ކޮމިޓީގެ ދައުރު ހަމަވެ، އެސޯސިއޭޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮއްވައި ވީއޭއެމްގެ މެމްބަރު ކްލަބްތަކުން އިސްނަގައިގެން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެ ކްލަބްތަކުން ވަނީ އެ އެސޯސިއޭޝަނުގެ ރައީސް ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައެވެ.