ޚަބަރު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ މޫސަ އެކަނި


ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޙާބްއަށް ކުރިމަތިލުމަށް ހުޅުވާލުމުން، ރައީސްކަމަށް ވާދަކޮށްފައިވަނީ މިހާރުގެ ރައީސް މޫސާ ނާޝިދު އެކަންޏެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އެކުލަވާލުމަށް މިމަހުގެ 24ވަނަ ދުވަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ކޮންމެ މަގާމްއަކަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓްއެކެވެ. އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ މިހާރުގެވެސް ރައީސް މޫސާ ނާޝިދު، ނައިބް ރައީސްގެ މަގާމްއަށް ކުރިމަތިލާފައިވަނީ އަހުމަދު ޝާކިރު މޫސާއެވެ. އަހުމަދު ޝާކިރު މޫސާއަކީ މިހާރުގެވެސް ނައިބް ރައީސް. އެސޯސިއޭޝަންގެ ހަޒާންދާރުކަމަށް ކުރިމަތިލާފައިވަނީ މުހައްމަދު ރިޝާންއެވެ.

އެގްޒެކެޓިވް ކޮމެޓީގެ ފުރިހަމަ މެންބަރުން ތަމްޝީލް ކުރާ މެންބަރުކަމަށް ކުރިލަތިލާފައިވަނީ ހުސެއިން އާތިފް. އެގްޒެކްޓިވް ކޮމެޓީގެ އެސޯސިއޭޓް މެންބަރުން ތަމްޝީލުކުރާ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އަހުމަދު ސިރާޖުއެވެ. އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެންބަރުން ތަމްސީލު މެންބަރުކަމަށް ކުރިމަތިލާފައިވަނީ ސިޔާދު ޙަބީބުއެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެންބަރުން ތަމްސީލުކުރާ އަންހެން މެންބަރުކަމަށް ކުރިމަތިލާފައިވަނީ މުރުސިދާ އަންދުލް މައްނާންއެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރުކަމަށް އެންމެ ކެންޑިޑޭޓްއެއް ކުރިމަތިލާފައިވުމުން ނަގާނީ ފެންނަ ނުފެންނަ ވޯޓްއެއް. މިހާރުގެ ރައީސް މުސާ ނަޝިދު ދެވަނަ ދައުރެއް ފުރުވަމުން ގެންދަވާއިރު، މޫސައަކީ ދުނިޔޭގެ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީއެވެ.