މިހާތަނަށް 12 މީހަކު ހިމަބިއްސަށް ޕޮޒިޓީވް ވެފައިވާ ކަމުގައި، މިނިސްޓަރ އޮފް ހެލްތު ޢަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިކަން ހާމަކުރެއްވީ، ރާއްޖޭގައި މީސްލްސް ނުވަތަ ހިމަބިހި ފެތުރެމުންދާތީ އެބަލި ފެތުރުން ހުއްޓުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވިނޫސްވެރިންގެ ބައްދަލު ވުމުގައެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދިޔުމާއި ގުޅޭ ގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ޢަބުދުﷲ އަމީން ވިދާޅުވީ، އެބަލި ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި މިހާތަނަށް ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވޭ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. ހިމަ ބިހި ޖެހުނު މީހުންގެ އަދަދު 12 އަށް އެރި އިރު، 173 މީހުން ޓެސްޓް ކުރެވފައިވާ ކަމުގައިމިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ދިނުން ހަރުދަނާކޮށް އިތުރުކުރުމުގެ ގޮތުން ވެކްސިންގ ދިނުމުގެ ޚާއްސަ ކެމްޕޭނެއް ފަށާ އަދި ވެކްސިންގ ދިނުމުގެ ޕްރޮގްރާމް މާލެ އާއި އަތޮޅުތަކުގައި ކުރިޔަށް ގެންދާއިރު، ހިމަބިހި ފެންނަން ފެށިފަހުން 7960 މީހުންނަށް މިހާތަނަށް ވެކްސިން ދެވިފައިވާ ކަމުގައި ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
ވެކްސިން ދިނުމަށް މިމަހުގެ 23 ވަނަ ދުވަހު މުޅީ ރާއްޖެއަށް ފަށާ ކެމްޕޭން ޚާއްސަކޮށްފައި ވަނީ، 40 އަހަރު ނުވާ ފަރާތްތަކުގެ ތެރެއިން 2 ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށެވެ. މީގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރީންވެސް ހިމަނާފައިވެއެވެ. މި ކެމްޕޭނަކީ 3 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
މާލޭގައި ދަމަނަވެށި
ހެނދުނު 8:15 އިން 12:30 އަށް (6 މަހާއި 18 އަހަރުގެ ކުދިންނަށް)
މެންދުރު 14:00 އިން 17:00 އަށް (18 އަހަރާއި 40 އހަރުގެ މީހުންގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް )
ސޯޝަލް ސެންޓަރ
ކޮންމެ ދުވަހަކު 14:00 އިން 17:00 އަށް (40 އަހަރުން ދަށުގެ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް)
ހުޅުމާލޭގެ އިންޑޯ ކޮމްޕްލެކްސް 2 ވަނަ ފަންގިފިލާ
(14:00 އިން 17:00 އަށް )
ވިލިމާލެ ފެރީ ޓާމިނަލް
ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހަވީރު 16:00 އިން 18:00 އަށް
ހެލްތް މިނިސްޓްރީން ވަނީ މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ.