ޚަބަރު

މަހައް ގޮސް އުޅުނު ދޯންޏެއްގައި ހުއްޓާ މެޔަށް ތަދެއް އެރި ދިވެއްސަކު ނިޔާވެއްޖެ


މަހައް ގޮސް އުޅުނު ދޯންޏެއްގައި ހުއްޓާ މެޔަށް ތަދެއް އެރި ދިވެއްސަކު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ ށ. ފޯކައިދޫ އުމުރުން 44 އަހަރުގެ މުހައްމަދު ޔޫސުފްއެވެ. މީނާއަކީ މަހަށްދިޔަ "ނުޖޫމް 2" ނަމަކަަށް ކިޔާ ދޯނީގެ ކެޕްޓަނެވެ.

އެ ދޯނީގައި ތިބި މީހުން ބުނެފައި ވަނީ، އުލިގަމުގެ އުތުރުން 70 ނޯޓިކަލް މޭލު ބޭރުގައި ދޯނި އޮއްވާ މުހައްމަދު ޔޫސުފްގެ މެއަށްތަދެއް އެރިކަމަށް ބުނި ކަމަށާއި އޭގެފަހުން އޭނާގެ އެއްވެސް ހަރަކާތެއް ނެތްކަމަށެވެ.

މުހައްމަދު ޔޫސުފްގެ މެއަށް ކުއްލިއަކަށް ތަދެއް އަރައިގެން، އެކަން ދޯނީގެ ތިބި މީހުން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:38 ހާއިރުއެވެ. މުހައްމަދު ޔޫސުފް ހަށިގަނޑު ސީއެމް ބިއުލެންސުގައި ހއ ދިއްދޫ އަށް ގެންގޮސްފައިވަނީ އިރުއޮއްސި 6:10 އެހާކަން ހާއިރުއެވެ. އޭނާގެ ހަށިގަނޑު އާއިލާގެ އެދުމުގެ މަތިން ފޯކައިދޯ ލޯންޗެއްގަވަނީ ފޯކައިދޫއަށް ގެންގޮސްފައެވެ.