ވިޔަފާރި

އަންނަ ހަފްތާގެ ހޯމަ އަދި ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވާނެ


އަންނަ ހަފްތާގައި އެމްއެމްއޭއާއި ރާއްޖޭގެ ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ އަދި ބުރާސްފަތި ދުވަހު ކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން، އަންނަ ހަފްތާވެސް ބަންދުކޮށްފައިވުމުން، އެ ދުވަސްތަކުގައި އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާފައި ހުންނާނެ ދުވަސްތަކަކީ، އަންނަ ހަފްތާގެ ހޯމަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.

އެ ދުވަސްތަކުގައި މި އޮތޯރިޓީން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތަކީ؛

•ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން 11:30 އަށް. •(ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން 11:00 އަށް. • ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާންމު ފަރާތްތަކުން މި އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ inward.docs @ mma.gov. mv މެއިލް މެދުވެރިކޮށެވެ

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވިޔަސް އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ބައެއް ތަންތަނުން ޚިދުމަތް ދޭ ގަނޑިތައް ބަދަލުކޮށް، އޮންލައިންކޮށް ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.