ކޯވިޑް-19އަށް ޝައްކު ކުރެވޭ ޢަލާމާތްތަކެއް ހުރެގެން ވ.ކެޔޮދުއިން މީހާގެ ގައިން ނެގިސާމްޕަލް ނެގެޓިވް ވެފައިވާކަމަށް ނޭޝަނަލް އެމަރަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ވ.ކެޔޮދުއިން ކޯވިޑް-19ގެ ޢަލާމާތްތައް ފެނުނީ ދިވެއްސެއްގެ ކިބައިންނެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަމް ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކެޔޮދުއިން ނެގި ސާމްޕަލް ނެގެޓިވެފައިވާކަމަށާ، އަދި ކޮންސްޓެންޓް މޫފުށި ރިސޯޓުން ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ދިވެއްސެގެ ކިބަިއން ފެނިގެން އެމީހާގެ ސާމްޕަލް ނެގުމަށާ ކޮންޓެކްޓް ޓްރޭސިން ހެދުމަށް މޫފުށި ރިސޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައިކަމަށެވެ.
ރާއްޖޭގައި މީހަތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. މީގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ރާއްޖެއިން ޕޮޒިޓިވް ދެ މީހަކުވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ. އަދި މިހާރު ފަރުވާ ދެމުންދަނީ އިނގިރޭސި ވިލާތުން ރާއްޖެއައި 4 ދިވެއްސަކަށެވެ.
މަބްރޫކް ވިދާޅުވީ މިހާތަނަށް 1491 ސާމްޕަލް ނަގާފައިވާކަމަށާއި މީގެ ތެރެއިން 1467 ސާމްޕަލް ނެގެޓިވް ވެފައިވާކަމަށެވެ. އަދި 5 ސާމްޕަލްގެ ނަތީޖާ ނުލިބޭކަމަށް މަބްރޫކް ވިދާޅުވިއެވެ.
"މިވަގުތު އަސޮލޭޝަންގައި ތިބީ 12 މީހުން. ކަރަންޓިން ފެސިލިޓީސްގައި ތިބީ 833 މީހުން . 49 މީހަކު ކަރަންޓީންނުން މިހާރު ވަނީ ދޫކޮށްލާފައި. އަދި ހޯމް އައިސޮލޭޝަންގައި ހުރި މީހަކު އަމިއްލައަށް އެދިގެން ކަރަންޓިން ފެސިލީޓީސް އަށް ވަނީ ބަދަލުކޮށްފައި." މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގެ 23 ފުލޫ ކުލިނިކްއިން ޚިދުމަތް ދެމުންދާއިރު ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ އެތަންތަނުން 97 މީހަކު ވަނީ ޚިދުމަތް ހޯދާފައެވެ. އަދި މިހާތަނަށް 5800 މީހުން ކިދުމަތް ހޯދާފައިވާކަމަށް ނޭޝަނަލް އމެަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވިއެވެ.
މީގެ ިއތުރުން ވޭތުވެދިޔަ 24 ގަޑިއިރު ކަރަންޓިން ފެސިލިޓީސްތަކުގައި ތިބި 24 މީހެއްގެ ސާމްޕަލް ނަގާ އެމީހުންގެ ނަތީޖާ ނެގެޓިވްވެއްޖެނަމަ މާދަމާ އެމީހުން ދޫކޯށްލާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވިއެވެ.