ވިޔަފާރި

މޮރިޝަސް އަދި ސައުތު އެފްރިކާ ފަތުރުވެރިން މޯލްޑިވިއަންގެ ޗާޓަރ ފްލައިޓެއްގައި އަނބުރާ ޤައުމަށް


މޯލްޑިވިއަންގެ ޗަޓާރ ފްލައިޓެއްގައި ރާއްޖޭގައި ނުފުރިފައި ތިބި މޮރިޝަސް އަދި ސައުތު އެފްރިކާގެ ފަތުރުވެރިން އަނބުރާ ޤައުމަށް ފުރައިފިއެވެ.

މި ފްލައިޓުގައި ސައުތު އެފްރިކާއަށް ނިސްބަތްވާ 40 މީހަކާއި، މޮރިޝަސްއަށް ނިސްބަތްވާ 11 މީހެއް ވަނީ އަނބުރާ ގައުމަށް ގޮސްފައެވެ.

މޯލްޑިވިއަންއިން ބުނީ ރާއްޖޭގައި އަނބުރާ ޤައުމަށް ނުދެވިތިބި މީހުންގެ ފަރާތުން ޗަޓާރ ފްލައިޓަށް ރިކުއެސްޓުތައް ލިބޭ ކަމަށެވެ. އެހެންނަމަވެސް ބޭރު ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ކުރަމުންދާ މަސައްކަތަކަށް އިސްކަން ދިނުމަށްޓަކައި އެފަދަ ހުރިހާ ދަތުރުތަކެއް ކުރަމުން ނުދާކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މޯލްޑިވިއަންއިން ދަނީ އެކި ޤައުމުތަކުގައި ރާއްޖެއަށް ނާދެވިފައިތިބި ދިވެހިން ގެނައުމަށްޓަކައި ޗަޓަރ ދަތުރުތައް ކުރަމުންނެވެ. އެގޮތުން މިއަދު ވަނީ ޓްރިވެންޑުރަމުންވަނީ 205 މީހުން ރާއްޖެއަށް ގެނެސްފައެވެ. އަދި ހުސްވި ހަފްތާތެރޭ އިންޑިއާގެ ކޮޗިންއިން ވެސް 200 އެއްހާ މީހުން ވަނީ ރާއްޖެ ގެނެސްފައެވެ. އަދި ލަންކާއިން 100 ދިވެހިން ރާއްޖެ ގެނެސްފައިވާއިރު މެލޭޝިއާގައި ނާދެވިފައި ތިބި 197 މީހުން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.