ވިޔަފާރި

ލަންކާއިން 8 ޓަނުގެ މުދާ މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި ގެނެސްފި


ސްރީލަންކާއިން ރާއްޖެއަށް 8 ޓަނުގެ މުދާ މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި އާދިއްތަ ދުވަހު ގެނެސްފިއެވެ.

މިއީ މޯލްޑިވިއަނުން ސްރީލަންކާއަށް ކުރި ކާގޯ ފްލައިޓުތަކުގެ ތިންވަނަ ދަތުރެވެ. މޯލްޑިވިއަނުން ދަނީ ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ ދުވަހު ސްރީލަންކާއަށް ކާގޯ ދަތުރުތައް ބާއްވަމުންނެވެ.

އެގޮތުން ބޭއްވި ފުރަތަމަ ދަތުރުގައިވެސް ވަނީ ސްރީލަންކާއިން ރާއްޖެއަށް 10 ޓަނުގެ މުދާ ގެނެސްފައިވެއެވެ.

ލަންކާއިން ރާއްޖެއަށް އާއްމުގޮތެއްގައި ގެންނަނީ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ސިއްޙީ ބައެއް ސާމާނުވެ.

މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް މޯލްޑިވިއަނުން އެފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މޯލްޑިވިއަނުން މިހާތަނަށްވަނީ 5 މަންޒިލަކަށް މޯލްޑިވިއަނުން ކާގޯ ފްލައިޓުތަކުގެ ބާއްވާފައެވެ.

އެ 5 މަންޒިލަކީ:
• ކޮލޮމްބޯ
• ޓްރިވެންޑްރަމް
• ޗެންނާއީ
• ބެންކޮކް
• ދުބާއީ


ރާއްޖެއަށް މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން މި ބާއްވާ ޗާޓަރ ކާގޯ ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މުދާ އުފުލުމަށް ޗާޓަރ ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ނިންމާފައިވާ މިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާތީ ގިނަ އެއަރލައިންތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.