ވިޔަފާރި

ކޯވިޑް-19: ބީއެމްއެލްގެ އޭޓީއެމްތައް މެދުވެރިކޮށް ނަގުދުފައިސާ ޖަމާކުރެވޭ މިންވަރު އިތުރުކޮށްފި


މާލެ ސިޓީ ފުރަބަންދަކަށް ގޮސްފައިވުމުން ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފިއެވެ.

ކުރިން ވިޔަފާރި އެކައުންޓަކަށް ދުވާލަކު ޖަވާކުރެވެނީ 200،000 ރުފިޔާއެވެ. އަދި ފަރުދުންގެ އެކައުންޓަކަށް ދުވާލަކު ޖަމާކުރެވޭނެ އެންމެ މަތީ އަދަދަކީ 50،000 ރުފިޔާއެވެ.

ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުރަބަންދުގެ މުއްދަތުގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ވަނީ ބަންދުކޮށްފައެވެ.

ނަމަވެސް ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖެ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ބީއެމްއެލުންވަނީ ހަމަޖައްސާފައެވެ.

އެގޮތުން އެބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ދުވާލަކު އޭޓީއެމުން ނެގޭ ފައިސާގެ އަދަދު 1000 ޑޮލަރާ ހަމަޔަށް އިތުރުކޮށްދީފައިވާއިރު، ރާއްޖެއިން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާފީ ނުވަތަ ކާޑު ނެޓްވޯކްތަކަށް ދައްކާ ފީ ވަނީ 15 ރުފިޔާއަށް ކުޑަކޮށްފައެވެ. މީގެ އިތުރުން ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރިކުރެވޭނެކަމަށްވެސް ބީއެމްއެލުން ބުނެއެވެ.