ހުޅުމާލެ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްވެސް ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޯވިޑް19ގެ ސަބަބުން ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޣާޒީ ސްކޫލާއި ރެހެންދި ސްކޫލް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
އެ މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ އެހީތެރިކަމާއެކުގައެވެ. ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްގެ އިތުރުން މާލޭގެ އިމާދުއްދީން ސުކޫލްވެސް ވަނީ ވަގުތީ ހިޔާއަކަށް ބަދަލުކޮށް ބޭނުންކުރަން ފަށާފައެވެ.
ކޯވިޑް-19ގެ ސަބަބުން ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމުގެ މަަސައްކަތް ޖެންޑަރ މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން ކުލި ނުދެއްކޭ ފަރާތްތަކަށް އެހީތެރިވުމަށް ނިންމާފައިވާއިރު ބޯހިޔާވަހިކަމެއް ނެތް މަގުމަތިވެފައި ތިބި ބަޔަކަށްވެސް ވަނީ މިހާރު ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.