ބެޑްމިންޓަން

އަންހެން ބެޑްމިންޓަން ޓީމް މަޑަގަސްކަރަ ބަލިކޮށްފި


ބެޑްމިންޓަން ޓީމް އިވެންޓްގައި ރާއްޖޭގެ އަންހެން ޓީމް މަޑަގަސްކަރައިގެ
މައްޗަށް ކުރި ހޯދައިފިއެވެ. މިއަދު ރާއްޖޭގެ އަންހެން ޓީމް މެޗު ކާމިޔާބުކުރީ
ސީދާ ފަސް މެޗުންނެވެ.



 ސިންގަލްސް މެޗުތަކުގައި ނީލާ
ސަންދްރާގެ މައްޗަށް ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 21-09،21-07 ނެވެ. މައިޝާ
ފަތުހުﷲ އައިނާގެ މައްޗަށް ކުރި ހޯދީވެސް ސީދާ ދެސެޓުންނެވެ. އެއީ 21-11، 21-14
ނެވެ. އައިޝަތު އަފްނާން ރަޝީދު އަނީގެ މައްޗަށް ކުރި ހޯދީވެސް ސީދާ ދެސެޓުންނެވެ.
އެއީ 21-09، 21-09 ނެވެ.



ޑަބަލްސްގައި ޝަހުރުނާޒް މޫސާއާއި އަފްނާންގެ ޕެއަރ ސީދާ ދެސެޓުން ކުރި ހޯދީ
އަނީއާއި ސަންދްރާގެ މައްޗަށެވެ. އެއީ 21-13، 21-11 ނެވެ. ނީލާއާއި މައިޝާގެ ޕެއަރ
އަނީއާއި ލީގެ ޕެއަރ ބަލިކުރީވެސް ސީދާ ދެސެޓުންނެވެ. އެއީ 21-10، 21-10 ނެވެ.



ރާއްޖޭގެ ފިރިހެން ޓީމްގެ މައްޗަށް ސީދާ ފަސް މެޗުން ކުރި ހޯދީ މޮރިޝަޝްއެވެ.
ނަމަވެސް ފިރިހެން ޓީމް ވަނީ އިއްޔެ ރީޔޫނިއަން ބަލިކޮށްފައެވެ.