ވިޔަފާރި

މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި ލަންކާއިން ރާއްޖެއަށް 15 ޓަނުގެ މުދާ ގެނެސްފި


މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި ސްރީލަންކާއިން ރާއްޖެއަށް 15 ޓަނުގެ މުދާ ގެނެސްފިއެވެ.

ސްރީލަންކާއިން ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަނުން ދަނީ ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ ދުވަހު ކާގޯ ދަތުރުތައް ބާއްވަމުންނެވެ. އާއްމުގޮތެއްގައި މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި ލަންކާއިން ގެންނަނީ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ސިއްޙީ ސާމާނެވެ.

މޯލްޑިވިއަނުން އަންނަނީ 5 މަންޒިލަކަށް ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ.

އެ 5 މަންޒިލަކީ:
• ކޮލޮމްބޯ
• ޓްރިވެންޑްރަމް
• ޗެންނާއީ
• ބެންކޮކް
• ދުބާއީ

މޯލްޑިވިއަންއިން ކާގޯ ދަތުރުތައް ފަށާފައިވަނީ މިދިޔަ މަރޗުމަހުގެ 29ވަނަ ދުވަހުއެވެ. ރާއްޖެއަށް މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން މި ބާއްވާ ޗާޓަރ ކާގޯ ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މުދާ އުފުލުމަށް ޗާޓަރ ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ނިންމާފައިވާ މިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާތީ ގިނަ އެއަރލައިންތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.