ގެޓްސެޓް
ލޯން ސްކީމަށް ޝޯޓް ލިސްޓްކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު
ނުކުރެވި ވާ ފަރާތެއް ވާނަމަ އެކަން ގެޓް ސެޓް އޮފީހަށް އެންގުމަށް އިކޮނޮމިކް
މިނިސްޓްރީން އެދިއްޖެއެވެ.
އިކޮނޮމިކް
މިނިސްޓްރީން ވަނީ ޝޯޓް ލިސްޓް ކުރެވިފައިވާ ފަރާތްތަކުގެ ނަންތައް އެ
މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިރުކޮށްފައެވެ.
އެއްވެސް
ސަބަބަކާއި ހުރެ އިންޓަރވިއު ނުކުރެވިވާ ފަރާތެއް ވާނަމަ މިމަހުގެ ހަ ވަނަ
ދުވަހުގެ މެންދުރުފަހު ތިނެއްގެ ކުރިން ގެޓްސެޓް އޮފީހަށް ގުޅުއްވައި މައުލޫމާތު
ސާފުކުރެއްވުމަށްފަހު، ކަނޑައެޅޭ ދުވަހެއްގައި އިންޓަރވިއު އަށް ވަޑައިގަތުމަށްވެސް
އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
މާލެއިން
ބޭރުގައި ނުވަތަ ރާއްޖެއިން ބޭރުގައި ތިއްބެވުމުގެ ސަބަބުން ގެޓްސެޓް އޮފީހަށް
ވަޑައިނުގެނެވޭ ބޭފުޅުންނާ ފޯނުން އިންޓަރވިއު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި
ދެވޭނެ ކަމަށްސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިމަހުގެ ހަވަނަ ދުވަހުގެ
މެންދުރުފަހު ތިނެއްގެ ފަހުން އެ އޮފީހަށް އަންނަ ކޯލްތަކަށް ނުވަތަ އޮފީހަށް
ވަޑައިގަންނަވާ ފަރާތްތަކަށް އިންޓަރވިއުގެ ފުރުސަތު ހަމަޖައްސައިދެވެން ނޯންނާނެ
ކަމަށެވެ. ގެޓްސެޓް ލޯން ޕްރޮގްރާމަށް
ފޮނުވާފައިވާ ފައްސަތޭކަ އެއްހާ ޕްރޮޕޯސަލް ތަކުގެ ތެރެއިން ދުއިސައްތަ އަށްޑިހަ
ފަސް ޕްރޮޕޯސަލް ޝޯޓް ލިސްޓް ކުރެވިފައިވާއިރު އިންޓަރވިއު އިން އެއްމެ މަތިން
ސްކޯރ ކުރާ ފަރާތް ތަކަށް ލޯން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޒުވާން
ވިޔަފާރިވެރިންް އުފެއްދުމަށް ސަރުކާރުން ފައްޓަވާފައިވާ 'ގެޓްސެޓް' ޕްރޮގްރާމުން
ލޯން ލިބޭ ފަރާތްތައް މިމަހުގެ ބާރަވަނަ ދުވަހު އިޢުލާން ކުރާނެ ކަމަށް އިކޮނޮމިކް
މިނިސްޓްރީން ބުނެއެވެ.