މިދިޔަ
ޖޫންމަހު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ޖޫން މަހާ
އަޅާބަލާއިރު %34 ދަށް ވެއްޖެއެވެ.
މަރުކަޒީ
ބޭންކް، އެމްއެމްއޭ އިން އާއްމު ކޮށްފައިވާ އެއްމެ ފަހުގެ ތަފާސް ހިސާބްތައް ދައްކާގޮތުން
މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީވެސް ވަނީ %23 ދަށްވެފައެވެ.
މިއީ މައިގަނޑުގޮތެއްގައި ގަނޑުކުރި
ކަޅުބިލަމަހާއި ކަންނެލީގެ އެކްސްޕޯޓް ދަށްވުމާއި ގުޅިގެން ކަމަށްެ އެމްއެމްއޭ
އިން ބުނެއެވެ.
މިއަހަރުގެ
މެއި މަހު މަސް އެކެސްޕޯޓްކުރި މިންވަރު ވެސް ވަނީ މިދިޔަ އަހަރުގެ މެއި މަހާ
އަޅާބަލާއިރު %35 ދަށްވެފައެވެ. އަދި މަސް އެކްސްޕޯޓްކޮށްގެން
ލިބުނު އާމްދަނީ ވެސް ވަނީ %12 ދަށްވެފައި ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.