ޚަބަރު

މާލެއަށް ކުރި ވިއްސާރައިގަައި ބައެއް ގަސްތައް ވެއްޓި ގެއްލުންތަކެއް


މާލެއަށް ކުރި ވިއްސާރައިގައި ބައެއް ތަންތަނުގެ ފުރާޅު އެއްލަލާ ބައެއް ސަރަހައްދުގައި ހުރި ގަސްތައް ވެއްޓިއްޖެއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގަދަ ވަޔާއެކު ރާއްޖޭގެ އެކި ހިސާބަށް އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ.

ރޭ މާލޭއަށް ކުރި ވިއްސާރާގައި ވައިގަދަވުމުގެ އެސްޓީއޯ ފުއް ގުދަނާއި ގަލޮޅުގެ ސައްލިގޭ ފުރާޅަށް ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެތަންތަނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މާލެއަށް ކުރި ވިއްސާރާގައި މާލޭގެ ބައެއް މަގުތަކުަގއި ހުރި ބޮޑެތި ގަސްތައްވެސް ވަނީ ވެއްޓިފައެވެ. އެމްއެންޑީއެފުން ވިދާޅުވީ މިގޮތުން ހެންވޭރު ސަހަރާ، މަވެޔޮ މަގު، ދިވެހި ރާއްޖޭގެ އަޑާއި މުލިއާގެ ކައިރީގައި ހުރި ބޮޑެތި ގަސްތައް ވެއްޓިފައިވާކަމަށެވެ. މީގެއިތުރުން ވިލިމާލެ ފެރީޓަރމިނިލް ސަރަޙައްދުގައި ހުރި ބައެއް ގަސްތައްވެސް ވެއްޓިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ރައްޖޭގެ އެކި ސަރަޙައްދު ތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ށ.އަތޮޅުން މ. އަތޮޅަށް މިއަދު ހެނދުނު އެގާރައިން ހަވީރު 3 ޖެހުމާ ހަމަޔަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. އަދި ބޯކޮށް ވާޜޭވެހުމާއެކު ގުގުރާ ވަގުތުތަކުގައި ގަޑިއަކު 28 މޭލައި 35 މޭލަށް ވައިޖެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މުޅި ރާއްޖޭގެ މޫސުމަށް ބަލާލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނެއެވެ. އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.. އަދި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.