ކޯވިޑް-19އާ ގުޅިގެން މާލެ ސިޓީ ނިއު ނޯމަލްއަށްދާއިރު ޢަމަލުކުރާނެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.
ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެދުމަކަށް ލޮކްޑައުން އުވާލުމާއެކުވެސް އަމަލުކުރާނެ އުޞުލެއް ތައްޔާރުކުރަމުންދާކަމަށެވެ. މިގޮތުން މި އުސޫލްގައި ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާފައި ހުންނާނެ ގަޑިތަކާއި އެތަންތަނަށް ވަދެވޭނެ މީޙުންގެ އަދަދާއި ޚިދުމަތް ދޭން ތިބޭ މީޙުންގެ އަދަދުތައް ހިމަނާނެކަމަށެވެ. އަދި މި އުސޫލްގައި މިތަންތަނުން ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭ މީހުންވެސް ސޯޝަލް ޑިސްޓަންސިންގއަށް ވަރަށް ބޮޑަށް އިސްކަންދިނުމަށް އަންގާނެކަމަށްވެސް ސިފާ ވިދާޅުވިއެވެ.
ސިފާ ވިދާޅުވީ މިހާރުވެސް ބައެއް މުހިއްމު އުޞޫލްތަކެއް އެކުލަވާލާފައިވާކަމަށާއި ވިޔަފާރިކުރުމުގައިވެސް ވަކި އުޞޫލްތަކެއް އެކުލަވާލާނެކަމަށެވެ. އަދި މިހާރުވެސް ބައެއް ތަންތަނުން ޚިދުމަތް ދިނުމަށް މިފަދަ ގޮތަކަށް ޢަމަލުކުރަމުންދާކަން ސިފާ ފާހަގަކުރެއްވެިއެވެ.
ސިފާ ވިދާޅުވީ މާލޭގެ މާރުކޭޓްތަކުންވެސް ޑެލިވަަރީގެ ޚިދުމަތް ފަށަން ތައްޔާރުވެފައިވާކަމަށެވެ. ޚާއްސަކޮށް މަސް މާރުކޭޓަށް އާއްމުން ނުގޮސް، މަސް ޑެލިވަރީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށާއި ފުލުހުންގެ ހުއްދަ ލިބުނުހާ އަވަހަށް އެ ޚިދުމަތްވެސް ފަށާނެކަމަށް ސިފާ ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ނިއު ނޯމަލްއަށް ތައްޔާރުވަމުންދާއިރު އެންމެ ފުރަތަމަ އެންމެ އިސްކަމެއް ދީގެން ލޮކްޑައުންގެ ޙާލަތުގައި ހުޅުވައި ޚިދުމަތް ދެވޭނެ ގޮތްތައް ހަދާފައިވަނީ ކަންމަތީ ފިހާރަތަކެވެ. އެގޮތަށް އެކަން ކޮށްފައިވަނީ ޢާއްމުކޮށް ގެއަށް ބޭނުންވާ ޒަރޫރީތަކެތި ހޯދުމުގައި ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާ ވެފައި ވަނީ ކަންމަތީ ފިހާރަތަކަށް ކަމުގައި ވާތީއެވެ.
އެހެންނަމަވެސް ލޮކްޑައުން އާއި ގުޅިގެން ރައްޔިތުންނަށް ދިމާވާ އެކި ކަންކަމުގައި އެހީތެރިކަމަށް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އައިސީޕީތަކަށް އަންނަ އެކި ރިކުއެސްޓްތަކަށްބަލާއިރު ގޭބިސީތަކަށް އެހެނިހެން ކަންކަންވެސް ބޭނުންވާކަން ފާހަގަކުރެވިފައިވާތީ ކުރިއަށް އޮތްތަނުގައި ހޯލްސޭލްކުރާ ތަންތަނަށްވެސް ހުއްދައާއެކު ޚިދުމަތްދެވޭނެ މަގު ފަހިކުރުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން މިފަދަ ޚިދުމަތްތައް ފުޅާކުރިނަމަވެސް މާލެސިޓީ ކައުންސިލުން މަސައްކަތްކުރާނީ އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަނޑާ އެގޮތަށްކަމުގައިވެސް ސިޓީ ކައުންސިލުން ވިދާލުވެއެވެ.
ސިފާ ވިދާޅުވީ މާލޭގެ މާރުކޭޓްތަކުންވެސް ޑެލިވަަރީގެ ޚިދުމަތް ފަށަން ތައްޔާރުވެފައިވާކަމަށެވެ. ޚާއްސަކޮށް މަސް މާރުކޭޓަށް އާއްމުން ނުގޮސް، މަސް ޑެލިވަރީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށާއި ފުލުހުންގެ ހުއްދަ ލިބުނުހާ އަވަހަށް އެ ޚިދުމަތްވެސް ފަށާނެކަމަށް ސިފާ ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ނިއު ނޯމަލްއަށް ތައްޔާރުވަމުންދާއިރު އެންމެ ފުރަތަމަ އެންމެ އިސްކަމެއް ދީގެން ލޮކްޑައުންގެ ޙާލަތުގައި ހުޅުވައި ޚިދުމަތް ދެވޭނެ ގޮތްތައް ހަދާފައިވަނީ ކަންމަތީ ފިހާރަތަކެވެ. އެގޮތަށް އެކަން ކޮށްފައިވަނީ ޢާއްމުކޮށް ގެއަށް ބޭނުންވާ ޒަރޫރީތަކެތި ހޯދުމުގައި ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާ ވެފައި ވަނީ ކަންމަތީ ފިހާރަތަކަށް ކަމުގައި ވާތީއެވެ.
އެހެންނަމަވެސް ލޮކްޑައުން އާއި ގުޅިގެން ރައްޔިތުންނަށް ދިމާވާ އެކި ކަންކަމުގައި އެހީތެރިކަމަށް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އައިސީޕީތަކަށް އަންނަ އެކި ރިކުއެސްޓްތަކަށްބަލާއިރު ގޭބިސީތަކަށް އެހެނިހެން ކަންކަންވެސް ބޭނުންވާކަން ފާހަގަކުރެވިފައިވާތީ ކުރިއަށް އޮތްތަނުގައި ހޯލްސޭލްކުރާ ތަންތަނަށްވެސް ހުއްދައާއެކު ޚިދުމަތްދެވޭނެ މަގު ފަހިކުރުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން މިފަދަ ޚިދުމަތްތައް ފުޅާކުރިނަމަވެސް މާލެސިޓީ ކައުންސިލުން މަސައްކަތްކުރާނީ އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަނޑާ އެގޮތަށްކަމުގައިވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.