ޚަބަރު

ރާއްޖޭގައި ބޯޓް ބިލްޑިންގް ކޯޑެއް ތައާރަފްކުރަނީ


އޮޑި
ދޯނި ފަހަރު ބަނުމުގައި އަމަލްކުރަންޖެހޭ ގަވާއިދެއް ނުވަތަ ބޯޓް ބިލްޑިންގް
ކޯޑެއް ތައާރަފްކުރުމަށް ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވެއްޖެއެވެ.




އަބްދުއް
ރަޝީދް ނާފިޒް ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ބަންނަ އޮޑި ދޯނި ފަހަރުގެ
ފެންވަރު ވަރަށް ދަށް ކަމަށާއި، އެހެންކަމުން ދޯނި ބަންނަ މީހުންނާއި އޮޑި ދޯނި ފަހަރު ބަންނަ
ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައަޅާ ކޯޑެއް އޮތުން މުހިންމު ކަމަށެވެ. 



މި
ކޯޑަށް އަމަލް ކުރަން ފެށުމުން އޮޑި ދޯނި ފަހަރު ބަންނަ ތަންތަނާއި ބޯޓް ބަންނަ
މީހުން ގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަބްދުއް
ރަޝީދް ނާފިޒް ވިދާޅުވިއެވެ. އަދި ބޯޓް ބިލްޑިންގް ކޯޑްގެ ފުރަތަމަ ޑްރާފްޓް
މިހާރު ނިމިފައިވާ ކަމަށާއި އާއްމުންގެ ޙިޔާލް ހޯދުމަށްޓަކައި ދެތިން ހަފްތާ ތެރޭ
އެ އޮތޯރިޓީގެ ވެބްސައިޓްގައި އެ ޑްރާފްޓް ޝާއިއު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.