ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 19 މީހުން


އިތުރު 19 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދު 2324 އަށް އިތުރުވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވިކަން ހާމަކުރި މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި، ބަންގްލަދޭޝްގެ 10 މީހުންގެ އިތުރުން އިންޑިއާ އަށް ނިސްބަތްވާ 2 މީހުންނެވެ.

ނިމިގެން މިދިޔަ ހަފްތާއަށް ބަލާލާއިރު ފުރަބަންދަށް ދިން ލުއިތަކާއެކުވެސް ޕޮޒިޓިވް ކޭސްތައް ކުރިއާ އަޅާބަލާއިރު މަދުކަން ފާހަގަކުރެވެއެވެ. އެގޮތުން ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހަތްތާގެ އެއްވެސް ދުވަހަކު 22އަށްވުރެ އިތުރުވެފައި ނުވެއެވެ.

މީމަހުގެ 21އިން މިއަދުގެ ނިޔަލަށް 137 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވޭ

  • 21 ޖޫން - 16 މީހުން
  • 22 ޖޫން - 14 މީހުން
  • 23 ޖޫން - 21 މީހުން
  • 24 ޖޫން - 22 މީހުން
  • 25 ޖޫން - 17 މީހުން
  • 26 ޖޫން - 06 މީހުން
  • 27 ޖޫން - 22 މީހުން
  • 28 ޖޫން - 19 މީހުން

ކޯވިޑް-19 އާއި ގުޅިގެން އެބަލި ރާއްޖޭގައި، ޚާއްސަކޮށް މާލެ ސަރަހައްދުގެ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށްވަނީ ނިސްބަތުން ގިނަ އަދަދެއްގެ ސާމްޕަލް ނަގާފައެވެ. މިއަދު އެކަނިވެސް 862 ސާމްޕަލް ނަގާފައިވާއިރު، މިހާތަނަށް ނެގުނު ސާމްޕަލްތަކުގެ އަދަދު 48603އަށް އަރައެވެ.