ވިޔަފާރި

ދިވެހި ސަޤާފީ ނެށުންތައް ލަންޑަނުގައި ދައްކާލަައިފި


ރާއްޖޭ
ފަތުރުވެރިކަން އިސްތިހާރުކުރުމަށްޓަކައި އިނގިރޭސިވިލާތުގައި ދިވެހި ސަގާފީ
ނެށުންތައް ދައްކާލުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.



މޯލްޑިވްސް
މާރކެޓިންގް އެންޑް ޕީއާރު ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ އަދި އިނގިރޭސިވިލާތުގެ
ހައިކޮމިޝަން ގުޅިގެން ލަންޑަންގައި އެއްދުވަހުގެ މުއްދަތަކަށް ކުރިއަށް
ގެންގޮސްފައިވާ މި ހަރަކާތުގައި، ދިވެހި ސަޤާފީ ނެށުންތަކާއި ބޮޑު ބެރުގެ ހަރަކާތްތައްވެސް
ދައްކާލާފައިވެއެވެ.



ރާއްޖޭގެ
ފަތުރުވެރިކަން އިސްތިހާރުކޮށް ވިސިޓް މޯލްޑިވްސް އިޔަރއާއި ގުޅޭ ގޮތުން
މީހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް އެމްއެމްޕީއާރުސީއިން މައުލޫމާތުދެއެވެ.



އިގިރޭސިވިލާތަކީ
3 ވަނައަށް އެއްމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ %7.7 ހިއްސާކުރަނީ
އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.