ވިޔަފާރި

އިންވެސްޓަމަންޓް ފޯރަމް ބާއްވާ ތާރީޙް ފަސްކޮށްފި


އަންނަ މަހު ފަނަރާގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވުމަށް
ހަމަޖެއްސި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އޮކްޓޫބަރު މަހު ފަހުކޮޅުގައި
ބާއްވާގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ
ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، މިގޮތައް
ނިންމެވީ ޗައިނާގެ ޓިއަންޖިންގ ގައި ހިނގާފައިވާ ހިތާމެވެރި ހާދިސާއާއި
ގުޅިގެންކަމަށެވެ.



މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ
އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް މިހާތަނަށް ތިންހާސް
ހަތަރުސަތޭކައަށްވުރެ ގިނަ ފަރާތްތަކަށް ދައުވަތު ދީފައިވާކަމަށާއި ދައުވަތު ދިން ފަރާތްތަކުގެ ތެރެއިން ވަރަށް
ގިނަ ބަޔަކު ރެޖިސްޓްރޭޝަން ފުރިހަމަކުރަމުން ގެންދަވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ފަހަރު ބާއްވާ ފޯރަމްގެ
އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ބެހޭ
މައުލޫމާތު ދިވެހި ވިޔަފާރިވެރިންނާ ކުންފުނިތަކާ ސަރުކާރު ހިއްސާވާ ކުންފުނިތައް
ވެސް ހިމެނޭ ގޮތުން ބައިނަލްއަގުވާމީ ފަރާތްތަކާއި ހިއްސާކުރެއްވުންކަމުގައެވެ. 

މީގެކުރިން ސިންގަޕޫރުގައި ބޭއްވި ފުރަތަމަ އިންވެސްޓްމަންޓް ފޯރަމާ ހިލާފަށް
މިފަހަރުގެ ފޯރަމްގައި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ޕެނަލް ޑިސްކަޝެއް ބޭއްވުމަށް
ނިންމާފައިވާކަމަށާއި މި ޕެނަލް ޑިސްކަޝަން ހާއްސަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ އިކޮނޮމިކް
ޑައިވަސިފިކޭޝަނާއި ރައީސުލްޖުމްހޫރިއްޔާގެ އިގްތިސާދީ ސިޔާސަތުގެ ސަބަބުން
ގައުމަށް ލިބެމުންދާ ކުރިއެރުމާއި އަދި އިންވެސްޓްމަންޓްތަކަށް ހުޅުވިގެންދާ
ދޮރުތަކާ ބެހޭ ގޮތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕެނަލްޑިސްކަޝަންއަށް
ދުނިޔޭގެ ވިޔަފާރީގެ ދާއިރާގައި ފުންނާބު އުސް ފަރާތްތަކުން ބައިވެރިވާނެ ކަމަށް
ޔަގީންކަންދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ސައީދު ވިދާޅުވީ މި ފަހަރުގެ ފޯރަމްގައި އަމިއްލަ
ވިޔަފާރިވެރިންނަށް އެ ބޭފުޅުން ބޭނުންވާ ޕްރޮޑަކްޓްތައް ތައާރަފުކުރުމަށް ވަކި
ވަކި ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ދިނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ
ކަމަށެވެ.

މިފަހަރު