ވިޔަފާރި

އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އޮމަދޫއަށް ތަޢާރަފްކޮށްފި


އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އދ. އޮމަދޫއަށް ތަޢާރަފްކޮށްފިއެވެ.

އުރީދޫން ބުނީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު މިހާރު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އދ.އޮމަދޫއަށް ލިބޭނެ ކަމަށެވެ.

އޮމަދޫއަށް މި ޚިދުމަތް ތައާރަފްކުރުމާއި ގުޅޭގޮތުން އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އުރީދޫން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެ ކަމަށެވެ.

"އިންޓަނެޓްގެ މުހިންމުކަމާއި އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެފައި އޮތް ދަނޑިވަޅެއްގައި، 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފްކޮށް އދ. އޮމަދޫގެ ރައްޔިތުންނަށް އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް" އުރީދޫގެ އެކްޓިންގ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ. މިގޮތުން، އޮމަދޫގެ ރައްޔިތުންނަށް އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް ސުޕަރނެޓް ފިކްސްޑްބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެކަމަށްވެސް އުރީދޫއިން ހާމަކުރެއެވެ.