ޚަބަރު

އިންސާނީ ވަގުފާރި ހުއްޓުވުމާއިބެހޭގޮތުން މަޝްވަރާކޮށްފި




އިންސާނީ ވަގުފާރި
ހުއްޓުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ކުރިއަށްދާގޮތް ދެނެގަތުމަށާއި
އިތުރަށް ކުރަން ހުރި މަސައްކަތްތައް އޮޅުންފިލުވުމުގެ ގޮތުން ކަމާބެހޭ އިސް
ފަރާތްތަކާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުޙައްމަދުު ސައީދު ބައްދަލުކުރައްވައިފިއެވެ.



މި
ބައްދަލުވުމުގައި ދައުލަތުގެ ބަންޑާރަނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލްއާ ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެވަޑައިގެންފައިވެއެެވެ.



އިކޮނޮމިކް
މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މި ބައްދަލުވުމުގައި އެންޓި ހިއުމަން
ޓްރެފިކިންގ ނޭޝަނަލް އެކްޝަންޕްލޭން ތަންފީޒްކުރުމަށް ކުރެވެމުންދާ
މަަސައްކަތްތަކާއި ކުރިއަށް ކުރުމަށް ރޭވިފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު މިނިސްޓަރ މުޙައްމަދު ސައީދު ބައިވެރިންނާ ހިއްސާކުރައްވާފައިވެއެވެ. 



އިންސާނީ ވަގުފާރި
ހުއްޓުވުމަށް " މޯލްޑިވްސް އެންޓި ހިއުމަން ޓްރެފިކިންގ އެކްޝަން ޕްލޭން
2015-2019" ގެ ނަމުގައި ސަރުކާރުންް ވަނީ މިދިޔަ މެއި މަހުގެތެރޭގައި 5
އަހަރު ދުވަހުގެ އެކްޝަންޕްލޭނެއް އެކަށައަޅުއްވާ އަމަލީ މަސައްކަތްތައްފަށްޓަވާފައެވެ.