ވިޔަފާރި

ޢާމްދަނީއަށް އަސަރުކުރި 6638 މީހަކަށް ދައުލަތުން 27.2 މިލިއަން ރުފިޔާ

ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭ ޢިނާޔަތުގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 6638 މީހަކަށް 27.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ނުވަތަ ޢިނާޔަތުގެ ގޮތުގައި އޭޕްރީލް މަހުން ފެށިގެން 3 މަސްދުވަހު، މަހަކު 5000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާ ގުޅޭ އުސޫލުގައި ވާގޮތުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވާފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ދޭނެކަމަށްވެސް މި އުސޫލުގައިވެއެވެ.

މި އުސޫލުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދޭނެގޮތްވެސް ސަރުކާރުން ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް މީހުން ހިމެނެއެވެ.

އަލީ

އަމިއްލަ މަސައްކައްތެރިން ކޮބާ.. އަޅުގަނޑުމެން ވަޑާން ކުރާމީހުންނަށް އަދާހަމައައްވެސް މަސައްކަތެއް ނުފެށޭ.. ރައިވެރިންގެ ދަރިންނަށްވެސް ތިނެތިން އެކަތި އޮވޭ އަޅުގަނޑުމެއްނަށް އެވަރުވެސް ނުވޭ ދުވަހަކުވެސް ރޯދަ އިނާޔަތެއްް އެކައްޗެއްވެސް ނުލިބޭ.. ރާއްޖޭގެ ސަފާރީތަކާ ހުރިހާ އޮޑިދޯނިފަހަރެއްގެ މަރާމާތު ކޮއްދީ އެތަކެތި ހަދާމީހުންނަކީ ވަޑިން އެކަކުވެސް ވަޑިންގެ ވާހަކަ ނުދައްކާ.. އަޅުގަނޑުމެންގެ ހައްގުގާ މިވާހަކަ ތިލަކޮއްދެއްވާ.. ނޫނީ ވަޑިންނަކީވެސް ބިދޭސީންތޯ އައްސަވާދެއްވާ...

އިބްރާހީމް އަލީ