ކުދިންގެ ކިޔެވުމުގެ ހުނަރު ދައްކާލުމަށްޓަކައި ކިންޑަރ
ޕްރީ ސްކޫލްއިން އިންތިޒާމްކޮށްގެން ބާއްވާ ކިންޑަރ އެޑިއުކޭޝަން ފެއަރ އިއްޔެ ބާއްވައިފިއެވެ.
މި
ފެއަރ އާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް
ހައްވާ ފަސީލް ވިދާޅުވީ މި ފެއަރގެ މައިގަނޑު ބޭނުމަކީ ދަރިވަރުންގެ އުނގެނުމުގެ ހުނަރާއި، ދަރިވަރުންނަށް އުނގެނުމުގެ ތެރެއިން ދަސްވެފައިވާ ވަރު އެކުދިންގެ ހުނަރުން ދައްކާލުން ކަމަށެވެ.
އެއްދުވަހުގެ
މުއްދަތަކަށް ކުރިއަށްގެންގޮސްފައިވާ މި އެޑިއުކޭޝަން ފެއަރގައި އެ ސްކޫލްގެ ހުރިހާ
ދަރިވަރުންވެސް ބައިވެރިވެފައިވާ ކަމަށް ކިންޑަރ ޕްރީ ސްކޫލްއިން މައުލޫމާތުދެއެވެ.