ޚަބަރު

ކޯވިޑް-19 : ދިއްގަރު ބޯޓެއްގެ 4 ފަޅުވެރިއަކު ޕޮޒިޓިވްވެ ބޯޓު އަނބުރާ މާލެއަށް


މ. ދިއްގަރު ބޯޓެއްގެ ހަތަރު ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޕޮޒިޓިވް ވެފައިވަނީ މާލެއާއި މ.އަތޮޅުގެ ރަށްތަކާ ދެމެދު ދަތުރުކުރާ "ރޯޔަލް-10" ނަމަކަށް ކިޔާ ބޯޓުގެ ފަޅުވެރިންތަކެކެވެ. އެގޮތުން އެބޯޓުން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 4 މީހުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިއްގަރު ކައުންސިލްގެ ނައިބްރައީސް ޔަހުޔާ އަބްދުއްރަޙްމާން ވިދާޅުވީ އެ ހަތަރު މީހުން ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން އަންގާފައިވަނީ މިއަދު ހެނދުނު 11 ޖަހާއެހާކަން ހާއިރުކަމަށެވެ. އަދި އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ މާލެއިން ފުރައިގެން އެ ބޯޓު މ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

ބޯޓު ރަށުން ފުރައިންގެން މާލެ ދިޔަތާ މިހާރު ހަތްވަރަކަށް ދުވަސް ވެދާނެ ކަމަށާއި އެމީހުން ޕޮޒިޓިވްކަން އެނގުމާއެކު ބޯޓު ރަށަށް ނައިސް އަނބުރާ މާލެ ދިޔުމަށް މިހާރު އަންގާފައިވާނެކަމަށެވެ.

ކޯވިޑް-19 މިހާރު މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު ބައެއް ރަށްރަށުންވެސް މީހުންދަނީ މިބައްޔަށް ޕޮޒިޓިވްވަމުންނެވެ.

މިހާރު ރާއްޖޭގެ ހަތް ރަށެއްވަނީ މޮނީޓަރިން ހާލަތައް ގެނެސް އަރައި ފޭބުން މަނާކޮށްފައެވެ