މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި އަލުން ޤުނޫތު ނާޒިލާ ކިޔުން ހުއްޓާލުމަށްފަހު އަލުން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ލޮކްޑައުންގައި މާލޭގެ މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުމަށްފަހު ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައްދީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރަން ފެށި ހިސާބުން ގުނޫތު ކިޔުން ހުއްޓަލިކަމަށެވެ.
އެއީ ޖަމާޢަތުގައި ކުރާ ނާމާދު ވީހާވެސް ކުރުކޮށް ކުރުމަށް އެންގުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މާލެ ސަރަޙައްދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެންފެށުމާއެކު ރެއިން ފެށިގެން މިސްކިތްތަކުގައި "ގުނޫތު ނާޒިލާ"ކިޔުމަށް އަންގަވާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރެކޭ އެއްގޮތަށް އަތޮޅުތަކުގެ މިސްކިތްތަކުގައިވެސް މިކަން ކުރަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުނޫތު ނާޒިލާއަކީ ބޮޑު ކާރިޘާއެއް ކުރިމަތިވުމުން ފަރުޟު ނަމާދުގެ ފަހު ރަކްޢަތުގައި ކިޔާ ޚާއްސަ ޤުނޫތެކެވެ.