ކުޅިވަރު

ޔޫރޮޕާ ލީގު ކާމިޔާބު ކުރުމަކީ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ: ސޯލްޝެއާ


ޔޫރޮޕާ ލީގު ކާމިޔާބު ކުރުމަކީ މެންޗެސްޓާ ޔުނައިޓެޑްގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ކޯޗު އޮލެގަނަ ސޯލްޝެއާ ބުނެފިއެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ދެ ވަނަ ބުރުގައި އޮސްޓްރިއާގެ ލާސްކްއާ ދެކޮޅަށް މިރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

ސޯލްޝެއާ ބުނީ މި މުބާރާތަކީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް އޭނާ ކާމިޔާބުކުރި އެންމެ ފުރަތަމަ މުބާރާތް ކަމަށެވެ. މިހެންވެ ކޯޗެއްގެ ގޮތުން މުބާރާތް ކާމިޔާބުކުރަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ސޯލްޝެއަރ އިތުރަށް ބުނީ މި ސީޒަނުގެ ގަދަ ހަތަރެއްގައި ޔުނައިޓެޑް ހިމެނި، ސީޒަނުގައި ދައްކާފައިވަނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި ކުޅުންތެރިން ވެސް ތިބީ ސްޓައިލްގައި ސީޒަން ނިންމާލުމުގެ އަޒުމުގައި ކަމަށެވެ.

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅެން ފުރުސަތު ލިބިފައިވުމުން ޓީމު ވަރުގަދަ ކުރުމަށް ޔުނައިޓެޑުންދަނީ މަސައްކަތް ކުރަމުންނެވެ. އެކުލަބުން ބުނެފައިވަނީ ކުޅުންތެރިން ގަތުމަށް އެހެން ޓީމުތަކަށް ވާދަކުރަން ބޭނުންވާ ފައިސާ އެބަހުރި ކަމަށާއި ނަމަވެސް ފައިދާ ހަރަދުކުރާނީ ޔުނައިޓެޑްގެ ޕްލޭނަށް ފެތޭ މޮޅު ކުޅުންތެރިންނަށް ކަމަށެވެ.