ދިވެހިންގެ ތެރޭގައިވެސް މަޝްހޫރުކަން ހޯދާފައިވާ ޓުކް ޓުކް ނުވަތަ ދިވެހިން ކިޔާ ގޮތުންނަމަ ކުރޮޅި ޢާއްމު ގޮތެއްގައި ދިވެހިންނަށް ފެންނާނީ ސްރީލަންކާ އާއި އިންޑީއާއިންނެވެ.
އެއީ ޢާއްމުގޮތެއްގައި އެންމެ ގިނަ ދިވެހިން ގޮސް އުޅޭނީވެސް މި ޤައުމަތަކަށް ކަމަށްވާތީއެވެ. ޢާމު ގޮތެއްގައި މި އުޅަނދު ބޭނުން ކުރަމުން އަންނަނީ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށެވެ. ނަމަވެސް މާ ދުރު ހިސާބުތަކަށް ދަތުރުކުރުމަށް ނޫނެވެ. ކުރު ދަތުރުތަކަށެވެ.
މިފަހަރު މި އުޅނަދު މިވަނީ ދުރު ތަންތަނަށް ދަތުރުކުރުމުގެ ޤާބިލުކަންވެސް އޭގައި ހުރިކަން މުޅި ދުނިޔެއަށް ދައްކާލާފައެވެ.
ޓުކް ޓުކް އަކީ ސްރީލަންކާއާއި ދެކުނު އޭޝިއާގައި ދުއްވުމަށް ބޭނުންކުރާ ތިން ފުރޮޅުލީ އުޅަނދެކެވެ. މި ސަރަޙައްދުގައި އާއްމުގޮތެއްގައި މި ބޭނުން ކުރިނަމަވެސް މިހާރު މި އުޅަނދަކީ ދުނިޔެއަށް މަޝްހޫރު އަދި މިހާރު އެފްރިކާއާއި މެދުއިރުމަތީގައިވެސް މަޝްހޫރުވެފައިވާ އުޅަނދެކެވެ.
އާއްމު ގޮތެއްގައި ދުނިޔޭގެ ފެންވަރުގައާއި ޤައުމުތަކުގައި ބާއްވާ އެކި ކަހަލަ ރޭސްތަކުގައި ފެންނަމުން ދަނީ ބައިސްކަލާއި ކަރާއި މޯޓޯސައިކަލް ބޭނުންކުރާ މަންޒަރެވެ. އެހެންނަމަވެސް ސްރީ ލަންކާގެ ކުރޮޅި ދުއްވާ މީހުން މިވަނީ ހަމައެކަނި ރޭސްތަކުގައި ބައިވެރިކުރެވޭނީ ސައިކަލާއި ކާރު ފަދަ އުޅަނދު ނޫންކަން މުޅި ދުނިޔެއަށް ދައްކާލާފައެވެ.
މިއަހަރުގެ ކުރީކޮޅު ރެޑްބުލްއިން ބޭއްވި ހަތަރުވަނަ ޓުކް ރޭހުގައި އެމީހުންވަނީ 3 ފުރޮޅުލީ ޓުކް ބޭނޫންކޮށްގެން ލަންކާގައި 80 މޭލަށް ދަތުރުކޮށްފައެވެ. ދެ ދުވަހަށް ކުރިއަށްގެންދިޔަ މި ރޭހުގައި ލާންކާއިން 200 ޓީމަކުން ވަނީ އެމީހުންގެ 3 ފުރޮޅުލީ ޓުކް ޓުކްތައް ބޭނުންކޮށްގެން ލަންކާގެ ކިސަޑުވެފައިވާ ޖަންގަލިތަކާއި އަޑި ގުޑަންތައް ހުންނާ މަގުތަކުގައި އެ ދުއްވާފައެވެ.
ރޭހުގެ ބައިވެރިން ފުރަތަމަ ދުވަހު ދަތުރުކޮށްފައިވަނީ ލަންކާގެ ކަލުއަގަލާ އިން ޑަންޑައިން ސްޓޭޓަށެވެ. އެއަށްފަހު ދެވަނަ ދުވަހު ގަލަހާއަށް ދަތުރުކޮށްފައިވާއިރު، ބައިވެރިން ރޭސް ނިންމާލާފައިވަނީ ޑަމްބުލާއަށެވެ.
މި ރޭހުގައި ޑްރައިވަރުންނަށް އެންމެ ބޮޑު ދަތިކަކާ ކުރިމަތިލާންޖެހުނީ ދަތި އުނދަގޫ މަގުތަކުގައި ދަތުރުކުރަމުންދިޔަރު އިންޖީނަށް ދިމާވާ މައްސަކަތައް ހައްލު ކުރުމަށެވެ.