ވިޔަފާރި

އެކައުންޓުތަކުން އިތުރަށް ކެނޑި ފައިސާ އަނބުރާ ޖަމާކޮށްދީފި


ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑިފައިވާ މައްސަލަ ހައްލުކޮށް، އިތުރަށް ކެނޑި ފައިސާ އަނބުރާ ޖަމާ ކޮށްދީފިއެވެ.

ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްއިން މިކަމާއި ގުޅޭގޮތުން ބީއެމްއެލުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ބައެއް ކަސްޓަމަރުންގެ އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑިފައިވާ މައްސަލަ މިހާރުވަނީ ހައްލުކުރެވިފައި ކަމަށާއި މި ދަނޑިވަޅުގައި ކަސްޓަމަރުން ދެއްވި އެއްބާރުލުމާއި ކެތްތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުން ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ކެނޑިފައިވާކަން ފާހަގަކުރެވި ކަސްޓަަމަރުންވަނީ އިއްޔެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުން ކޮށްފައިވާ ބައެއް މުޢާމަލާތްތަކަށް ދެފަހަރަށް ފައިސާ ކެނޑިފައިވާތީ އެބޭންކުން ކަސްޓަމަރުންގެ ކިބައިން ވަނީ މަޢާފަށްވެސް އެދިފައެވެ.